'އާރޯ' އިފްތިތާޙްކުރުމުގެ ޙަފްލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެ

15 މޭ 2016

މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިނިވަން މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން ހިންގަން ހަމަޖެހިފައިވާ ގަސްއިންދުމުގެ ޙަރަކާތް 'އާރޯ' އިފްތިތާޙްކުރުމުގެ ގޮތުން މިއަދު، 15 މޭ 2016 ގައި ސްޓެލްކޯ މާލަމްގައި އޮތް ޙަފްލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެއެވެ. މި ރަސްމިއްޔާތުގައި 'އާރޯ' ލޯގޯ އަދި ތީމް ލަވަ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މިނިވަން މުއައްސަސާތަކުން ގަސްއިންދުމުގެ ޙަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 4 ޖޫން 2016 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލޭގެ އަލަށް ހިއްކި ސަރަޙައްދުގައެވެ. މިއަދުގެ ޙަފްލާގައި މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.