ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އިންތިޒާމްކުރައްވައިގެން މިހާރު ކުރިއަށްދާ ފަނޑިޔާރުންގެ މަހާސިންތާ – 2016 ގައި މިއަދު 11:00 ގައި އޮތް ސެޝަންގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައިވެރިވެވަޑައިގެންފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިއޮތް މިސެޝަންގައި، ދައުލަތުގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާ ޖިނާއީ ދަޢުވާތަކާގުޅިގެން ހިންގާ ޝަރީޢަތްތައް މިހާރަށްވުރެ އަވަހަށް، ފުރިހަމަގޮތުގައި ހިންގުމަށްހުރި ދަތިތަކާމެދު ވާހަކަދެކެވިފައިވެއެވެ. މިގޮތުން ޖިނާއީ ދަޢުވާތަކާގުޅޭ ޝަރީޢަތްތައް ހިންގުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރެވިދާނެ ކަންކަން ފަނޑިޔާރުންގެ ފަރާތްޕުޅުން ޕްރޮސިކިއުޓަރ ޖެނެރަލާ ޙިއްޞާކުރައްވައި، އަދި ހަމައެހެންމެ، ޖިނާއީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ކޯޓުތަކަށް ކުރެއްވިދާނެ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލް ފަނޑިޔާރުންނާ ޙިއްޞާކުރެއްވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާ - 2016 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024