ފުލުހުންގެ 83 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ލ. ގަމުގައި އޮތް ޙަފްލާގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފި

22 އެޕްރީލް 2016

މޯލްޑިވްސް ޕޮލިސް ސަރވިސްގެ 83 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ލ. ގަމުގައި އޮތް ޚާއްޞަ ޙަފްލާގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައިވެރިވެވަޑައިގެންފިއެވެ. ލ. ގަމު ޙަމަދު ސްކޫލްގައި 2016 އެޕްރީލް 21 ވަނަ ދުވަހުގެރޭ އޮތް ޚާއްޞަ ޙަފްލާގައި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެން، އެއަތޮޅުގައި ފުލުހުންގެ ފަރާތުން ބޭއްވި ކޯޗިންގ ކޭމްޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބަައްސަވައިދެއްވިއެވެ. މިޙަފްލާގައި، ސައުތް ސެންޓްރަލް ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ދެއްކެވި ވާހަކަފުޅުގައި، އެސްޓޭޝަނުން ކުރައްވާ މަސައްކަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ލިބިލައްވާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޝުކުރު ދެންނެވިއެވެ. މިޙަފްލާގައި ފުލުހުންގެ 83 ވަަނަ އަހަރީދުވަހުގެ މުނާސަބުގައި ތައްޔާރުކޮށްފައިވާ ޚާއްޞަ ފަރިއްކޮޅެއް އޮތެވެ.