ލ. ގޮފީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދިދަ ނަގައިފި

21 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލ. ގޮފީގައި އޮފީހުގެ ރަސްމީ ދިދަ ނަގައިފިއެވެ. ދިދަ ނަންގަވާދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލ. ގޮފީގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދިދަ އަކީ 2016 މާރިޗު 16 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައި އިފްތިތާޙްކުރި ދިދައެކެވެ. އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ގޮފިތަކުގައި އޮފީހުގެ ދިދަ ނެގި މިއީ ތިންވަނަ ގޮތްޕެވެ.