ހައްދުންމަތީ ގަމު އަދި ފޮނަދޫ މެޖިސްޓްރޭޓް ކޯޓާ ބައްދަލުކުރައްވައިފި

21 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު، 2016 އެޕްރީލް 21 ވަނަ ދުވަހު ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓާ، ފޮނަދޫ މެޖިސްޓްރޭޓް ކޯޓާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި، މިދެކޯޓުގައި ބައްލަވާ ޖިނާއީ ކުށްތަކާގުޅޭ މައްސަލަތައް ހިންގުމުގައި ދިމާވާ ކަންކަން ޙައްލުކުރުމާބެހޭގޮތުންނާއި، މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނިންމޭނެ ގޮތްތަކުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. މިބައްދަލުވުން ބާއްވާފައިވަނީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގައެވެ.