ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލާ މަޝްވަރާކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ އެދިލެއްވުމުގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި، އެކަމަށްޓަކައި މިއަދު ބޭއްވުނު ބައްދަލުވުމުގައި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމާގުޅޭގޮތުންހުރި ކަންކަމުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ. މިގޮތުން، އިންތިޚާބާގުޅޭ ކުށްތަކާ، ޝަކުވާބެލުމުގެ އިންތިޒާމާގުޅޭ އިޖުރާއަތްތަކުގައި ހުރި ޤާނޫނީ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކޮމިޝަންގެ ރައީސް އައްޝައިޚް އަޙްމަދު ސުލައިމާނާއި، މެންބަރު އަލްފާޟިލް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމާއި، މެންބަރު އަލްފާޟިލް އަޙްމަދު އަކްރަމްގެ އިތުރުން، އެކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓްގެ 2 ބޭފުޅަކު ހިމެނިވަޑައިގެންނެވިއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛް މަޙްމޫދު ސަލީމާއި، އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލާ މަޝްވަރާކުރައްވައިފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024