ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށާއި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކޮށްފި

10 އެޕްރީލް 2016

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ނިހާޔަތު އަދި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު މިއަދު، 2016 އެޕްރީލް 10 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޢައްޔަނުކުރައްވައިފިއެވެ. އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ކުރިން ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަދި އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު ހުންނެވީ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައެވެ.

 

އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރެއްވުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ދެބޭފުޅުން ތިއްބަވާނެއެވެ.