ދެކުނުގެ ދެއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި، އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ޏ. ފުވައްމުލަކާއި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ކޯޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކުގައި އެމުއައްސަސާތަކުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި ވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025