ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އައްޑޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ގޮފިތަކާ ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ އަތޮޅު ގޮފީގައި ކުރިއަށްދިޔަ މިބައްދަލުވުންތަކުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. މިބައްދަލުވުންތަކުގައި އެމުއައްސަސާތަކުން ހުށަހަޅުއްވާ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިހާރު ޤާއިމްކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަންގެ ނިޒާމް މެދުވެރިކޮށް ހުށަހެޅުއްވުމާއި، މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މާލޭގައި ހުންނަ މައި އޮފީހަށް ފޮނުއްވުމުގެ ބަދަލުގައި، އެމުއައްސަސާތަކުގެ ގޮފިތަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮތްޕަށް ސީދާ ހުށަހެޅުމާގުޅޭގޮތުން އެމުއައްސަސާތަކާ މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރެވުނެވެ. މީގެ އިތުރުން، އެމުއައްސަސާތަކުން ތަޙްޤީޤްކުރައްވާ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް ބޭނުންވާ ޙާލަތުގައި އެލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފިން ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވާހަކަދެކެވުނެވެ.

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ މިނިވަން މުއައްސަސާތަކާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024