އައްޑޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކާ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައްދަލުކުރައްވައިފިއެވެ. އައްޑޫ ސިޓީއަށް އެކަމަނާ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި 30 އަދި 31 މާރިޗު މި ދެދުވަހު ބޭއްވުނު ބައްދަލުވުންތަކުގައި ކޯޓުތަކުގައި މައްސަލަތައް ހިންގުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަށާއި، ދުރާލާ މައްސަލަތައް ތާވަލުކުރުމަށް އިންތިޒާމްތަކެއް ރޭވުމަށް މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން، ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި ކޯޓުތަކުގައި ޒަމާނީ ވަޞީލަތްތައް ޤާއިމްވެފައިނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުށްވެރިންނާއި ދައުލަތުގެ ވަކީލުން ވަކިން ތިބޭނެ ޖާގައެއް ބައެއް ކޯޓުތަކުގައި ހަމަޖެހިފައިނެތް މައްސަލައިގެ މައްޗަށްވެސް ކޯޓުތަކާއެކު މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛާ ޖިހާދާ އަނީސާއި، އަލްއުސްތާޛާ މަރްޔަމް ނިހާޔަތު އަދި ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފީގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރުން ކަމުގައިވާ މުޙައްމަދު ރަފީޢު އަދި މުޙައްމަދު މިސްބާޙްވެސް ބަވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024