ޕްރޮސްކޮން - 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ސެޕްޓެންބަރު މަހުގެ 4 އިން 6 އަށް ވިލާ ނޯޓިކާގައި ކުރިއަށްގެންދިޔަ ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓް "ޕްރޮސްކޮން 2024" ގެ ތީމަކީ ވިކްޓިމް ސަޕޯޓް ދާއިރާ ހަރުދަނާ ކުރުމެވެ. އެގޮތުން މި މަހާސިންތާގައި ވިކްޓިމް ސަޕޯޓާ ގުޅުންހުރި ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ މި އޮފީހުގެ ވިކްޓިމް ސަޕޯޓް ޔުނިޓުންނެވެ. ޕްރޮސިކިއުޓަރުންނަށް ޚާއްޞަ ދިވެހި ބަހުގެ ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
ޕްރޮސްކޮން 2024 ގައި މި އޮފީހުގެ 80 ޕްރޮސިކިއުޓަރުން ބައިވެރިވެފައިވެއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު، ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓްއެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަހާސިންތާ މި ގޮތަށް ކުރިއަށްގެންދިޔަ މިއީ ދެވަނަ ފަހަރެވެ.