03 މޭ 2025
ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ މުހިންމު ބައެއް ސެޝަންތައް PGTV+ ޔޫޓިއުބް އަދި މި އޮފީހުގެ ޓުވިޓަރ މެދުވެރިކޮށް ލައިވްކުރާނެއެވެ.
ލައިވްކުރުމަށް ހަމަޖެހިފައިވާ ސެޝަންތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- Introductory Presentation by Public Prosecutor Almas Mubarik: Framework & Statistics
- Keynote Speech by Dr Mariya Ali: Trauma Informed Care & Practices
- Panel 1 - Current Framework: Understanding the Roadblocks to Justice
- Panel 2 - Crime Prevention and Early Intervention: Breaking the Cycle Before It Starts
- Keynote Speech by Dr. Shanooha Mansoor: Adolescent Mental health
- Panel 3 - The Role of the Judiciary: From Trial to Reintegration
- Panel 4 - Voices of Young People
- Panel 5- Parents and Teachers Perspective on Juvenile Justice: Hopes and Expectations
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުންވެސް ވަގުތުން ދުރަށް ދައްކާނެއެވެ.
01 މޭ 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްއަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
މި މޭ މަހުގެ 10 އިން ފެށިގެން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްއާގުޅޭ ހުރިހާ މަޢުލޫމާތެއް އެއް ތަނަކުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކޮންފަރެންސްއަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށްފީމެވެ.
މި ވެބްސައިޓްގެ އެޑްރެހަކީ: https://pgoffice.gov.mv/njjc2025
މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ކޮންފަރެންސްގެ ޑިޒައިން ޕާރޓްނަރ ލޫޕްކްރާފްޓާއި، މި އޮފީހުގެ އައިސީޓީ ސެކްޝަން ގުޅިގެންނެވެ.
މި ވެބްސައިޓުގައި ކޮންފަރެންސަށް ހުށަހެޅޭ ފަންނީ ކަރުދާސްތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ މަޢުލޫމާތާއި، ކީ-ނޯޓް ސްޕީކަރުންގެ މަޢުލޫމާތާއި، ކޮންފަރެންސާގުޅޭ އެހެނިހެން މަޢުލޫމާތު ހިމެނޭނެއެވެ.
މި ވެބްސައިޓް ފަރުމާކޮށްފައިވާނީ، ކޮންފަރެންސް ނިމުމަށްފަހުވެސް، ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަމާގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ހިމެނޭ ގޮތަށެވެ.
29 އެޕްރީލް 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޔާމީންއެވެ.
މި އެއްބަސްވުމުގެ ދަށުން މި ކޮންފަރެންސް ޕްރޮމޯޓްކުރުމުގައި ޕީ.އެސް.އެމުން އެހީތެރިވުމާއި، ކޮންފަރެންސްގެ ބައެއް ބައިތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވެއެވެ.