ރަމަޟާން މަހުގެ ފަހު 10 ދުވަހު މި އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުން

ޑައުންލޯޑް

މި ރަމަޟާން މަހުގެ ފަހު 10 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.

އެގޮތުން، އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށާއި، ޢާންމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި، ހުކުރު ހޮނިހިރު ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް މި އޮފީހުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނެއެވެ.  

މި ދުވަސްތަކުގައި މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތްކުރާނީ ގޭގައި ތިބެގެންނެވެ. ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެއެވެ. 

މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv  މެދުވެރިކޮށް މި އޮފީހުގެ ޚިދުމަތްތައް މެދު ނުކެނޑި ލިބިވަޑައިގަންނަވާނެއެވެ.