މި އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، އަދި މި ދުވަސްތަކަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާނެ ދުވަސްތަކެއް ކަމުގައި މި އޮފީހުން ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް، އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިޔުން ބަލައިގަތުމަށާއި، މުވައްޒަފުން ކޮންމެހެން އޮފީހަށް ނުކުމެ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބައެއް ދުވަސްތަކުގައި އޮފީސް ހުޅުވާފައި ހުންނާނެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މި އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިޔުން ބަލައިގަތުމަށްޓަކައި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިޔެކިއުން ޙަވާލުކުރުމަށްޓަކައި މި އޮފީސް ހުޅުވައި، ޚިދުމަތްދޭނެ ގޮތުގެ ތަފްޞީލުތައް ތިރީގައި އެވަނީއެވެ.
ރިސެޕްޝަން އަދި ޕްރޮސިކިއުޝަން ޚިދުމަތް:
24 މާރިޗް 2025 (ހޯމަ)
26 މާރިޗް 2025 (ބުދަ)
1. މި ދުވަސްތަކުގައި އޮފީސް ހުޅުވާފައި ހުންނާނީ 09:00 އިން 12:00 އަށެވެ.
2. އޮފީހަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުން ހުށަހެޅުއްވުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުގައި އެ ތަކެތި ގެންނެވުމަށް ނުވަތަ ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި ޚިދުމަތް ލިބިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
3. މި ދުވަސްތަކުގައި މި އޮފީހުގެ ގޮފިތަކެއް ހުޅުވާފައެއް ނުހުންނާނެއެވެ. ގޮތްޕަކަށް ކޮންމެހެން ހުށަހަޅުއްވަންޖެހޭ ލިޔެކިޔުމެއް އޮތްނަމަ، މަތީގައި ދަންނަވާފައިވާ ދުވަސްތަކުގައި މާލޭގައި ގާއިމްކޮށްފައިވާ އޮފީހަށް ނުވަތަ އޮންލައިންކޮށް ވެސް ހުށަހެޅުއްވޭނެއެވެ.
4. މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް މި އޮފީހުގެ އޮންލައިން ޚިދުމަތްތައް މެދު ނުކެނޑި ލިބިވަޑައިގަންނަވާނެއެވެ.