މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިޢުނާފްކޮށް ހިނގަމުންދާ އިސްތިޢުނާފްތަކާއި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމާގުޅޭ ގޮތުން 1 އޮކްޓޯބަރ 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާ ނިންމެވުމާ ގުޅޭ ޝަކުވާ ހުށަހަޅާފަރާތް ތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖަޢާ ކޮށް، އެންމެ އަވަސްމިނުގައި ގޮތެއް ނިންމުމަށް މި އޮފީހުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ގެނެސްފައެވެ. މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ޙާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް މި އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖަޢާ ކުރުމަށްޓަކައި ކޯޓުގެ ސަމާލުކަމަށް ގެންދެވޭނެއެވެ.
މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި އިސްތިޢުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީޢަތެއް ފަސްކޮށްދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަންޏެވެ.