-
07 އޮކްޓޫބަރު 2024
މާލޭ ގެއަކަށް މީހަކު ވައްދައި އަނިޔާކޮށް، ފޭރުނު މައްސަލައެއްގައި ދަޢުވާކުރުން
24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ މަސްފަންއަށް ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް އަނިޔާކޮށް އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 23 ސެޕްޓެންބަރު 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ދަޢުވާލިބޭ ފަރާތްތައް:
1. ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި،
2. މއ. މަސްފެން، މުޙައްމަދު ރީހާންއާއި،
3. މއ. މަސްފެން، ޢާއިޝަތުގެ މައްޗަށް؛
ދަޢުވާތައް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން - އަނިޔާއެއް ދިނުން
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން – އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުން
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން - ފޭރުން
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
02 އޮކްޓޫބަރު 2024
Prosecutors take part in The International Association of Prosecutors 29th Annual Conference in Baku
The 29th Annual Conference of the International Association of Prosecutors (IAP) commenced in Baku on 29th September 2024, bringing together prosecutors from 97 countries.
Seven prosecutors, along with Assistant Prosecutor General Uz. Hussain Nashid, represented our office at the conference. This participation is made possible with the support from UNICEF and UNDP.
This year’s conference is themed "The Role of Prosecutors in Upholding the Rule of Law.” It covers a wide range of topics, including procedural equality, sentencing practices, victims' and witnesses' rights, inter-agency collaboration, transparency, public trust, and the challenges posed by technological advancements in the digital age.
Senior Public Prosecutor Mariyam Shahuma delivered a presentation in one of the workshops highlighting the initiatives undertaken by our office in recent years to improve victim support services in the Maldives Criminal Justice System.
As we continue to engage with our international partners, we are excited about the prospect of hosting an IAP Regional Conference in the Maldives in the near future.
We extend our heartfelt appreciation to our partners; UNICEF and UNDP for their unwavering support. We also express our gratitude to the IAP and the Azerbaijan Prosecution Office for their exceptional hospitality and seamless arrangements throughout the conference.
-
02 އޮކްޓޫބަރު 2024
ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު
މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ. މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު މި އޮފީހާއި، މި އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ލިންކުން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކަށް ވަޑައިގަތުމުން އޮންލައިން ފޯމު ފެނިވަޑައިގަންނަވާނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުއްވޭނެއެވެ.
އިތުރު މަޢުލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.