-
30 އެޕްރީލް 2024
މިއޮފީހުގެ "އެޕަލް މީޓިންގް" ގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އިޒްމީރާ ޝިހާމް ބައިވެރިވެވަޑައިގެން، ތަޖުރިބާ ޙިއްސާކުރެއްވުން
ޕްރޮސިކިއުޓަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރާ މަސައްކަތުގެ ތެރޭގައި، މަހަކު އެއްފަހަރު ބާއްވާ "އެޕަލް މީޓިންގް" ގައި މިމަހު ބައިވެރިވެވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އިޒްމީރާ ޝިހާމެވެ. ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރު، އިޒްމީރާއަކީ، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގައި، ގިނަ ދުވަސްތަކެއް ވަންދެން، އިސް މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުގައެވެ.
ފިރިހެނުން ގިނަ، ޤާނޫނީ ދާއިރާގެ އެންމެ ބޮޑު، އަދި އެންމެ މުހިންމު ދެ މުއައްސަސާއެއްގެ އިދާރީ މަސައްކަތުގެ އެންމެ އިސް މީހެއްގެ ހައިސިއްަޔަތުން، އިޒްމީރާއަށް ކުރެއްވުނު ތަޖުރިބާތައް އެކަމަނާ ޙިއްސާކޮށްދެއްވިއެވެ. ޤާނޫނީ ދާއިރާގެ ތަޖުރިބާ ނެތި، ޤާނޫނީ ދާއިރާގެ އެންމެ މުހިންމު އިދާރާތަކުގެ އިސް ދައުރެއް އަދާކުރެއްވުމަށް، އެ ދާއިރާއާބެހޭ ޤާނޫނުތައް އަމިއްލަފުޅަށް ކިޔުއްވައި، ދިރާސާ ކުރައްވައި، އެކަމުގެ ތަފްޞީލުތަކަށް ވަޑައިގެންނެވި ގޮތް އެކަމަނާ ވިދާޅުވެދެއްވިއެވެ. މިހާތަނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ހުރިހާ ނިންމުމެއް ތަރުތީބުކުރައްވައި، އެ ހުރިހައި ނިންމުމެއް އަމިއްލަފުޅަށް ދަސްފުޅު ކުރެއްވި ގޮތާއި، ކޮމިޝަނުގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަރުދަނާ ކޮށް ލުއިފަސޭހަ ކުރެއްވި ގޮތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް، ޢާއިލާއާއެކު ވަގުތު ހޭދަކުރަން ފަހިކޮށްދެއްވަން ކުރެއްވި މަސައްކަތްޕުޅުވެސް ވިދާޅުވެދެއްވިއެވެ.
މިދާއިރާގައި ކުރިއަށް ދިއުމަށް އަންހެނުްނަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ގިރާކުރައްވާނެ ގޮތާބެހޭ އަމިއްލަފުޅު ތަޖުރިބާތައް ޙިއްސާ ކުރެއްވިއެވެ. އެކަމަނާގެ ދައުރުގައި ޖޭއެސްސީއަށް ގެންނެވި އިންޤިލާބީ ބަދަލުތަކަކީ މިއޮފީހުން އުފަލާއެކު ފާހަގަކުރާކަމެކެވެ. އިޒްމީރާގެ ތަޢުލީމާއި ތަޖުރިބާގެ ސަބަބުން މިދާއިރާއަށް ލިބެމުންދާ ކުރިއެރުމަށް މިއޮފީހުންވެސް ފަޚުރުވެރިވެއެވެ. އެކަމަނާ ވިދާޅުވިގޮތަށް، އެކަމަނާ ނުކުމެވަޑައިގެންނެވީ، އެކަމަނާ ގުޅިވަޑައިގެންނެވި ޖޭއެސްސީއަކުން ނޫނެވެ. ޖޭއެސްސީއަށް ގެންނަވާފައި އޮތީ އާދަޔާ ޚިލާފު ކުރިއެރުމެވެ. އަޅުގަނޑުމެންގެ އުއްމީދަކީ އެކަމަނާ މިހާރު މަސައްކަތްކުރައްވާ ސުޕްރީމް ކޯޓުގައި އެކަމަނާއަށް އިތުރު ކާމިޔާބާއި ފާގަތިކަން މާތްﷲ މިންވަރު ކޮށްދެއްވުމެވެ. އިޒްމީރާއަކީ މިދާއިރާއަށް ލިބުނު ޖަވާހިރެކެވެ.
-
25 އެޕްރީލް 2024
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުން
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އަންނަނަވި ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.ކޮންމެ ދަޢުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުންރިޝްވަތު ހިފުމުގެ ދަޢުވާ 1 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 04 އޭޕްރީލް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ US$634،700 (ހަ ލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 07 އޭޕްރީލް 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320203811 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$29،941.50 (ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.ރިޝްވަތު ހިފުމުގެ ދަޢުވާ 2 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 07 ޖޫން 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ US$686،950 (ހަ ލައްކަ އަށްޑިހަ ހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތް ކޮށްފައިވާއިރު، 14 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު:6320203811 އެކައުންޓަށް US$49،921.50 (ސާޅީސް ނުވަހާސް ނުވަސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) އާއި 26 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$12،201.50 (ބާރަ ހާސް ދުއިސައްތަ އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.ރިޝްވަތު ހިފުމުގެ ދަޢުވާ 3 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 01 އޮގަސްޓް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$633،050 (ހަލައްކަ ތިރީސް ތިން ހާސް ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތްކޮށްފައިވާއިރު، 4 އޮގަސްޓު 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،949.50 (ސާޅީސް ނުވަ ހާސް ނުވަސަތޭކަ ސާޅީސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.ރިޝްވަތު ހިފުމުގެ ދަޢުވާ 4 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 30 މާރިޗު 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$698،000 (ހަ ލައްކަ ނުވަދިހަ އަށް ހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 09 އޭޕްރީލް 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު:9901-01-48000918-200އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$24،930 (ސައުވީސް ހާސް ނުވަ ސަތޭކަ ތިރީސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.ރިޝްވަތު ހިފުމުގެ ދަޢުވާ 5 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 15 މޭ 2017 ދުވަހު US$640،000 (ހަ ލައްކަ ސާޅީސް ހާސް ޑޮލަރު) ގެ ޕޭމަންޓެއް ޖަމާކޮށްފައިވާއިރު، 31 މޭ 2017 ދުވަހު ޢަބްދުﷲ މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު:904-03-10023220-2000އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$46،555 (ސާޅީސް ހަ ހާސް ފަސްސަތޭކަ ފަންސާސް ފަސް ޑޮލަރުު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.ރިޝްވަތު ހިފުމުގެ ދަޢުވާ 6 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 19 ޖޫން 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$580،096 (ފަސްލައްކަ އަށްޑިހަ ހާސް ނުވަދިހަ ހަ ޑޮލަރު) އާއި 25 ޖުލައި 2017 ދުވަހު ފޮނުވާފައިވާ US$649،00 (ހަ ލައްކަ ސާޅީސް ނުވަ ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 23 އޮގަސްޓު 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 90101480009682000 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،955 (ސާޅީސް ނުވަ ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ޑޮލަރު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
ރިޝްވަތު ހިފުމުގެ ދަޢުވާ 7 ކުރާ ސަބަބު:ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން، 19 ސެޕްޓެންބަރު 2017 ދުވަހު ތްރީ.ޑީ.އެޗްގެ ނަންބަރު އެކައުންޓަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށް ފޮނުވާފައިވާ US$765،000 (ހަތް ލައްކަ ފަސްދޮޅަސް ފަސް ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 08 އޮކްޓޫބަރު 2017 ދުވަހު ޢަބްދުﷲ މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 770112391001 އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$34،950 (ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ޢަބްުދުﷲ މަޢުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ.ޢަބްދުﷲ މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މި އޮފީހަށް މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި ދަންނަވާފައިވާނެއެވެ. އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެއެވެ. އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެއެވެ. -
17 އެޕްރީލް 2024
ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 6 ވަނަ ޢަދަދު ނެރުން
ކޮންމެ ތިންމަހުން އެއްމަހު ނެރޭ، ޕީޖީ އޮފީހުގެ ނިއުސްލެޓަރ، ޢުންޞުރު ގެ 6 ވަނަ ޢަދަދު އެޕްރީލް 1 ވަނަ ދުވަހު ނެރެފީމެވެ. މިފަހަރުގެ ޢަދަދުގައި؛
ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާބެހޭ ޤާނޫނީ ހަމަތަކާއި، ހަރުކަށި ފިކުރު ނުރައްކާވާ ސަބަބުތަކާއި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ ޤާނޫނީ ސުވާލުތަކާއި، ޑީއެންއޭ ހެކި ހޯދައި، ޝަރީޢަތުގައި ބޭނުންކުރުމާބެހޭ ޤާނޫނީ މައުޟޫޢުތަކަށް ލިޔެފައި ހުރި ލިޔުންތައް ހުންނާނެއެވެ. މީގެ އިތުރުން، މިއޮފީހުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މިއޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، މިއޮފީހުގެ ރަސްމީ އާކައިވްސް، ފުވައްމުލަކު ސިޓީއަށް ބަދަލުކުރި ގޮތާއި، އެކަމާބެހޭ އިދާރީ ތަރުތިބުތައް ހުރި ގޮތުގެ ވާހަކަތައްވެސް ލިޔެފައި ހުންނާނެއެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި، މިއޮފީހުގައި އޮތް ޙަފްލާއަކަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވަޑައިގެން ދެއްކެވި މުހިންމު، ޢިބުރަތްތެރި ވާހަކަފުޅުތަކުގެ ޚުލާޞާއެއްވެސް މި ފަހަރުގެ ޢަދަދުގައި އޮންނާނެއެވެ. އެމަނިކުފާނުންގެ އިރުޝާދަކީ، އިޙްތިރާމާއެކު، އެކު އުޅުމުން އުފެދޭ ލޯބި އިތުރުކޮށް، ޙަޔާތުގައި ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސްކުރުމެވެ. އެމަނިކުފާނަށް މިއޮފީހުން ފޮނުވި ޝުކުރުގެ ސިޓީއެއްގެ ނަކަލެއްވެސް މިފަހަރުގެ ޢުންޞުރުގައި ޝާއިޢުކޮށްފައިވާނެއެވެ.
ކޭ-ޕާރކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކުމުގައި އޮޅުވާލައި މަކަރާ ޙީލަތް ހަދާފައިވާ މައްސަލަ
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށ...
13 ޑިސެންބަރު 2023
ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް ބާއްވައިފި
ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ހިމެނޭ ގޮތަށް "ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް" ބާއްވައިފިއެވެ.
މިއީ މި އޮފީހާއި ޔުނިސެފް ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ކްރިމިނަލް ޖަސ...
17 މޭ 2023
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް ...
11 އޮކްޓޫބަރު 2022
ޑިޖިޓަލް އެވިޑެންސް ވޯކްޝޮޕްގައި 50 ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ - އޮފިސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓުން އިންތިޒާމުކޮށްގެން ހިންގި ޑިޖިޓަލް އެވިޑެންސް ވޯކްޝޮޕްގައި މި އޮފީހުގެ 50 ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެއެވެ.
ދެދުވަހުގެ މުއްދަތަށް ކަސްޓަމްސްގެ ކ...
13 ޖޫން 2022
ޕީޖީ އޮފީހުގެ "ލެތުން" އިފްތިތާޙްކޮށްފި
ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ "ލެތުން" ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "ލެތުން" ޑޭ...
28 މޭ 2022
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛު ޢަލީ ސަމީރު ވަނީ މިޞްރުގެ އަލްއަޒުހ...
12 މޭ 2022
ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާލިބިފައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ޖެންޑަ...
06 މޭ 2022
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމް، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛާ މަރްޔަމް ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއ...
11 ފެބުރުވަރީ 2021
ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ 2 ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި
31 ޑިސެންބަރު 2018 ދުވަހު ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ރިޕޯޓަކީ ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހ...
31 އޮގަސްޓް 2020