ޙުސައިން މަވާޒު، މީހަކު މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލަ

މައްސަލަ ބަލައިގަތް ތާރީޚް: 17/07/2023 10:02


މައްސަލައިގެ ބާވަތް: މާރާމާރީ ހިންގުމުގެ މައްސަލަތައް


މައްސަލައިގެ ޚުލާސާ: ސ. މަރަދޫފޭދޫ، ބްލޫސްޓަރ، ޙުސައިން މަވާޒު، 2023 މެއި 31 ވަނަ ދުވަހުގެ 23:36 ހާއިރު ސ. މަރަދޫފޭދޫ، ބްލޫސްޓާރ، ޙުސައިން މަވާޒު (25އ) އޭނާގެ ބޭބެ ސ.މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު (27އ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލުމާއި ގުޅިގެން އޭނާއަށް ފަރުވާދެމުންދަނިކޮށް 2023 ޖޫން 01 ވަނަ ދުވަހުގެ 04:36 ހާއިރު ނިޔާވެފައިވާ މައްސަލަ

ކުރެވުނު ދަޢުވާ

762/2023/CRC/196 - ކްރިމިނަލް ކޯޓް (20/07/2023)

365/Cr-C/2023 އެނގިހުރެ މީހަކު މެރުން

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން.

ދަޢުވާ ކުރާ ސަބަބު:

ޙުސައިން މަވާޒު، 31 މެއި 2023 ދުވަހު 23:30 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ ސ.މަރަދޫފޭދޫ ބްލޫސްޓާރ ގޭގެ ފެންޑާގައި މީނާ އާއި މީނާގެ އެއްބަނޑު އެއްބަފާ ބޭބެ އަޙްމަދު ޝުޢައިބުއާ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު އަނެކަކުގެ ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތެރޭގައި މީނާ ލައިގެން ހުރި ޖީންސްގެ ކަނާއަތް ފަރާތު ޖީބުގައި އޮތް ކަޅުކުލައާއި ފެހިކުލައިގެ މުށްގަނޑުލީ 06 (ހައެއް) އިންޗި ހުންނަ ވަރުގެ ކަތުރު ނަގައި އެކަތުރުން އަޙްމަދު ޝުޢައިބުގެ ކަރުގެ ވާއަތްފަރާތަށް (ކަރުގެ ތިރިން މޭކަށިގަނޑާ ދިމާލަށް) ޙަމަލާދީފައިވާތީ އާއި މިޙަމަލާގެ ސަބަބުން އަޙްމަދު ޝުޢައިބުއަށް ލިބުނު އަނިޔާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 01 ޖޫން 2023 ދުވަހު 04:36 އެހައިކަށްހައިއިރު އަޙްމަދު ޝުޢައިބު ނިޔާވެފައިވާތީ.

އަސާސީ އަދަބު: 10 އަހަރުގެ މުއްދަތަކަށް ޖަލަށްލުން

ކޯޓުގެ އަޑުއެހުންތައް

762/2023/CRC/196 (6 އަޑުއެހުން)
13/09/2023 09:00 - ނިޔާކަނޑައެޅުން
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
ކުރިއަށްދިޔަ ކަންތައް: ޙުކުމްކުރުން
11/09/2023 13:00 - ނިޔާކަނޑައެޅުން
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
ކުރިއަށްދިޔަ ކަންތައް: ޙުކުމްކުރުން
31/08/2023 09:00 - ޢިބްތިދާއީ
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
ކުރިއަށްދިޔަ ކަންތައް: އިބްތިދާޢީ އަޑުއެހުން/ ބަންދު މުރާޖަޢާ
ކުރިއަށްދިޔަ ކަންތައް: އިބްތިދާޢީ އަޑުއެހުން/ ދަޢުވާއަށް ޖަވާބުދާރީވުން/ ބަންދު މުރާޖަޢާ
ކުރިއަށް އޮތީ: އަވަސް ނިޔާ
24/08/2023 11:00 - ޢިބްތިދާއީ
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
15/08/2023 09:00 - ޢިބްތިދާއީ
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
10/08/2023 09:00 - ޢިބްތިދާއީ
365/Cr-C/2023 - އެނގިހުރެ މީހަކު މެރުން
ކުރިއަށްދިޔަ ކަންތައް: އިބްތިދާޢީ އަޑުއެހުން/ ދަޢުވާއަށް ޖަވާބުދާރީވުން/ ބަންދު މުރާޖަޢާ
ކުރިއަށް އޮތީ: އިބްތިދާޢީ އަޑުއެހުން/ ބަންދު މުރާޖަޢާ