• 25 ނޮވެންބަރު 2025

    ޢަބްދުﷲ މަޙްޒޫމް މާޖިދާއި، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމުން

    1 މޭ 2025 ދުވަހު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރޭގައި ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ނ. ކުޑަފަރީ، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދުގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އަދި ކ. މާލެ މ. ހަސްތީ، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 25 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

     

    މި ދަޢުވާތައް  މުރާޖަޢާކުރުމަށްފަހު، މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައެވެ.